ޑްރައިވަރ


މަޤާމު:
ޑްރައިވަރ
މަޤާމުގެ ނަންބަރު:J-415671
ބޭނުންވާ އަދަދު:01 (އެކެއް)
މަޤާމުގެ ގިންތި:ދާއިމީ
މަޤާމުގެ ރޭންކު:އެސް.އެސް 2
މަޤާމުގެ ކްލެސިފިކޭޝަން:ސަޕޯޓް ސްޓާފް ގްރޭޑް 2
ވަޒީފާ އަދާކުރަން ޖެހޭ ތަން:ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ / ހއ.ވަށަފަރު
މުސާރަ:މަހަކު 3470.00 ރުފިޔާ
ސަރވިސް އެލަވަންސްމަހަކު 1000.00 ރުފިޔާ
އެހެނިހެން އެލަވަންސްސަޕޯޓިންގ ކޯ އެލަވަންސް (މަހަކު 1200.00 ރުފިޔާ)ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 (މަހަކު)ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.ވެހިކަލް ބޭއްވުމަށް ހަމަޖެހިފައިވާ ގަރާޖާއި ސަރަޙައްދު ރަނގަޅަށް ސާފުކޮށް ބެލެހެއްޓުމާއި، އެކަމާއިބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެކި ފަރާތްތަކަށް ޙަވާލުކުތަންޖެހޭ ދަތުރު ޝެޑިއުލްތައް ޙަވާލުކުރުމާއި، ވެހިކަލްގައި ދަތުރުކުރައްވާ ފަރާތްތަކުގެ ލަގެޖާއި އެނޫންވެސް ތަކެތި އުފުލުންސަރުކާރުގެ ވެރިންނާއި، ޢިއްޒަތްތެރިންނާއި، އަދި އެނޫންވެސް ބޭނުންތަކަށް ވަޑައިގަންނަވާ ބޭފުޅުންނާއި އެކިއެކި ސަރވޭ ޓީމުތަކާއެކު ކުރަންޖެހޭ ދަތުރުތައް ކުރުމުގައި ދޭންޖެހޭ ސަމާލުކަންދީގެން ދަތުރުތައްކުރުންރަށަށް ވަޑައިގަންނަވާ ސަރުކާރުގެ ވެރިންނާއި، ޢިއްޒަތްތެރިންނާއި އެނޫންވެސް ޓީމުތަކަށް މަރުޙަބާ ދެންނެވުމާއި، މެހްމާންދާރީ އަދާކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުމާއި، އެބޭފުޅުން ތިއްބެވުމަށް ހަމަޖެހިފައިވާ ތަންތަނަށް އެބޭފުޅުންގެ ތަކެތި އަމާނާތްތެރިކަމާއިއެކު އުފުލައިދިނުމާއި އެތަކެތި ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލުކުރުންވެހިކަލް ފޮހެސާފުކުރުމާއި، ވެހިކަލްގެ އަޑިތެޔޮ ހަމަކޮށް ބެހެއްޓުމާއި، ވެހިކަލް ދެއްވުމަށް އަޅަންޖެހޭ ޑީސަލް އެޅުމާއި މިކަންކަން ދަތުރު ޝެޑިއުލްއަށް ދަތިނުވާނެހެން ބެލެހެއްޓުންވެހިކަލްގެ އިންޖީން، ބެޓެރި، އެއަރ ކަންޑިޝަން، ފުރޮޅު، ސީޓް، ދޮރުފަތްތައް ނުވަތަ މުޅިއުޅަނދަށް ދިމާވާ މައްސަލަތައް ދުވަހުންދުވަހަށް ރެކޯޑްކޮށް ބެލެހެއްޓުމާއި ކަމާބެހޭ ސެކްޝަނަށް އެންގުންވެހިކަލް މަރާމާތު ކުރަންޖެހިއްޖެނަމަ އެކަމާއި ގުޅެގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުމަށް ފުރިހަމަގޮތުގައި އެހީތެރިވެ އެއްބާރުލުންދީ، ކައުންސިލް އިދާރާއިން އަންގއި ގޮތެއްގެ މަތިން އެ މަސައްކަތްތައް ކުރުންވެހިކަލްގެ އަހަރީފީ، ރޯޑްވާދިނަސް އަދި އިންޝުއަރެންސް ހެއްދުމާއިގުޅޭ މަޢުލޫމާތު ކަމާގުޅެ ސެކްޝަނަށް އަންގައި އެފަދަ ކަންކަމުގައި އެއްބާރުލުންދިނުންވެހިކަލްގައިކުރާ ދަތުރުތަކާއިބެހޭ ރެކޯޑްތައް ޤަވާޢިދުން ފޮތުގައި ލޮގްކުރަމުން ގެންދިއުންޤައުމީ އަދި ރައްޔިތުންގެ ފެންވަރުގައި ފާހަގަކުރަންޖެހޭ އެކި މުނާސަބަތުތަކާއި، އިޙްތިފާލްތައް، މުބާރާތްތަކާއި ޖަލްސާތައް، އަދި ބައްދަލުވުންތަކާއި ޙަފްލާތައް ބޭއްވުމަށް އެހީތެރިވެދިނުމުގެ ގޮތުން ވެހިކަލްގައިކުރަންޖެހޭ ދަތުރުތައްކުރުމާއި އެ ދަތުރުތަކާއި ގުޅިގެންކުރަންޖެހޭ މަސައްކަތްތައްކުރުންދިމާވާ ޚަސްސާސް ޙާލަތްތަކުގައި މި އިދާރާއިން އަންގާ ގޮތެއްގެ މަތިން ވެހިކަލްގައި ކުރަންޖެހޭ ދަތުރުތައްކުރުމާއި އެފަދަ ޙާލަތްތަކުގައި ދޭންޖެހޭ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދިނުންމީގެ އިތުރުންވެސް މަސައްކަތާއި ގުޅިގެން ހަވާލުކުރެވޭ އެންމެހާ ކަންތައްކުރުން.
މަޤާމުގެ ޝަރުޠުތައް:މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާޞިލްކޮށްފައިވުން. އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ,C1  C2 އަދި C4 ކެޓަގަރީގެ ލައިސަންސް ލިބިފައިވުންލިޔަންކިޔަން ދަންނަ މީހެއްކަމުގައިވުންނޯޓް:ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށްބަލައިގެންނެވެ.ނުވަތަސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.ގްރޭޑް 5 ނުވަތަ  އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެގޮތުން ސްކޫލުންދޫކޮށްފައިވާ ލިޔުމަށްބަލައިގެން.·      ތަޢުލީމީ ރޮނގު(ތައް) : ·      ޕްރިފަރޑް ޑިސިޕްލިން(ތައް): ·      ކޯ ޑިސިޕްލިން(ތައް): 
 
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:ލޭންޑް ޓްރާންސްޕޮޓޭޝަން ސަރވިސަސް
ހުށަހަޅަންޖެހޭ ލިޔުންތައް: ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) ފޯމުތައް | Civil Service Commission Maldivesވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ “ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު”.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:އަސާސީ ޝަރުޠު ހަމަވުން50އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު5އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ5އިންޓަރވިއު40 މި މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 70 އިން ފެށި ގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (24 ޖުލައި 2025) ގެ (14.00) ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް info@vashafaru.gov.mv  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. 
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ،އެ ބައި ވެސް ހިމެނުން)  އޮންނާނެ ތަނާއި، މުއްދަތު:މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 29 ޖުލައި 2025 އާއި 31 ޖުލައި 2025 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާގައެވެ.
“ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)” އާންމުކުރުންއިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި “ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)” އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައާއި ރަސްމީ ފޭސްބުކްޕޭޖުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.  
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500039 އަށެވެ. އީ-މެއިލް ކުރާނީ info@vashafaru.gov.mv އަށެވެ.ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ “އައްޔަންކުރުމުގެ އުޞޫލާގުޅޭ” (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

Facebook
X
WhatsApp
Email