މަގުބައްތި ތަކާއި ބަނދަރު ފެންމޯޓަރު އައުޓް ސޯސްކޮށް ބެލެހެއްޓުމާ ގުޅޭ

މިރަށު މަގުބައްތިތަކާއި ބަނދަރުގައި ބެހެއްޓިފައިވާ ފެންމޯޓަރު ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ދުރުވެ، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް މިމަސައްކަތަށް އަގު ހުށަހަޅައި ފޯމާއި ކޯޓޭޝަން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތައް އަގު ހުށަހަޅާ ފޯމު މި އިޢުލާނާއެކު ޢާންމު ކުރެވިފައި ވާނެއެވެ.

މިއިޢުލާނާއި ގުޅިގެން އަގު ހުށަހަޅާ ފޯމު އަދި ކޯޓޭޝަން ހުށަހެޅޭނީ ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

Facebook
X
WhatsApp
Email