ވަށަފަރު ސްކޫލް

1971 ވަނަ އަހަރު ޖަނަވަރީ މަހުގެ 9 ވަނަ ދުވަހު މަދަރުސަތުލް އަލިއްޔާގެ ނަމުގައި ފެށިގެން އައި މިސުކޫލަކީ މިރަށުގައި ތަޢުލީމީ ޖީލެއް އުފެއްދުމަށް އެޅުނު ފުރަތަމަ ބިންގާ. މިއީ ތަޢުލީމަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ރަށެއްކަން ރަމްޒުކޮށް ދެނީ ފެށުނީއްސުރެ ރައްޔިތުންގެ އަމިއްލަ ސްކޫލެއްގެ ގޮތުގައި މިތަން ހިނގަމުން ދިޔުން. އެކި ނަންނަމުގައި އެކިގޮތްގޮތަށް ބަދަލުވަމުން އައިސް 2005 ވަނަ އަހަރު އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހު މިއީ ސަރުކާރު ސްކޫލަކަށް ބަދަލުވެ، މިހާރު ހިނގަމުން އަންނަނީ ވަށަފަރު ސްކޫލުގެ ނަމުގައި.
މޮޓޯ
“އުނގެނޭށެވެ. ޢަމަލުކުރާށެވެ.”
ތަޞައްވުރު
އިސްލާމީރިވެތި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޒިންމާދާރު ތަޢުލީމީ، ރައްޔިތެއް ބިނާކުރުން.
މުހިންމަތު
ވަށާޖެހިފައިވާ ތަޢުލީމަކަށްމަގުފަހިވާ، ދަރިވަރުންނާއި ރަށްޓެހި، ބެލެނިވެރިންގެ ބައިވެރިވުން ލިބިގެން ހިންގާ ސްކޫލެއްކަމުގައި ހެދުން.
ގުޅުއްވުމަށް
6500247
admin@vashafaruschool.edu.mv
ވަށަފަރު ޞިއްޙީ މަރުކަޒު

ވަށަފަރު ޞިއްޙީ މަރުކަޒަކީ އާންމު ފަރުދުންނަށް ދިމާވާ ތަފާތު ޞިއްޙީ މައްސަލަތައް ހައްލުކޮށް، ބަލިމީހުނަށް ފަރުވާދީ އަދި ޢާންމުންނަށް ޞިއްޙީ މަޢުލޫމާތު ފޮރުކޮށްދިނުމުގެ މާތް މަޤުޞަދުގައި 2006 ނޮވެންބަރު 25 ވަނަ ދުވަހު ހއ.ވަށަފަރު ހެލްތުޕޯސްޓުގެ ނަމުގައި ހުޅުވާފައިވާ ތަނެކެވެ. މިހާރު ތަނުގެނަންވަނީ ވަށަފަރު ޞިއްޙީ މަރުކަޒުގެ ނަމަށް ބަދަލުކުރެވިފައެވެ.
ވިޝަން
“ފުރިހަމަ ޞިއްޙަތަކަށް މުޅިޤައުމު އެކުގައި”
މިސަން
“ދިވެހިރާއްޖެއަކީ ޞިއްޙީގޮތުން ދުޅަހެޔޮ އާބާދީއެއް އޮތް ޤައުމަކަށް ހެދުމަށް، ހަމަހަމަ ކަމާއެކު ލިބިގަނެވޭ، ފެންވަރު ރަނގަޅު ފަސޭހައިން ރައްޔިތުންނަށް ވާސިލްވެވޭ ފުރިހަމަ ޞިއްޙީ ޚިދުމަތެއް އެންމެނެގެ ބައިވެރިވުމާއެކު ފޯރުކޮށްދެވޭކަން ކަށަވަރުކުރުން”

